Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ރާއްޖޭގައި އުޅޭ ޓެރަރިސްޓުންގެ ލިސްޓެއް!

މިދިޔަ އަހަރު އައްޑޫގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައެއްގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ/ އައްޑޫ ލައިވް

ރާއްޖޭގައި އުޅޭ ކަމަށް ބުނާ ދިވެހި ޓެރަރިސްޓުންނާއި އެ މީހުންނަށް ފަންޑްކުރާ ކަމަށް ކުންފުނިތަކެއްގެ ލިސްޓެއް އެމެރިކާ އިން އާންމުކޮށްފި އެވެ.

އެ ގައުމުގެ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜޒަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އާންމުކުރި ލިސްޓްގައި ހިމެނީ ރާއްޖޭގައި ތިބި އައިއެސް އާއި އަލްގައިދާގެ މުހިއްމު ލީޑަރުން ކަމަށް ބުނާ ބަޔަކާއި އެ މީހުންގެ ހަރަކާތްތަކަށް މާލީ އެހީތެރކަން ފޯރުކޮށްދޭ ކަމަށް ބުނާ ފަރާތްތަކެއް ހިމެނެ އެވެ. އެގޮތުން މީގެ ތެރޭގައި އައިއެސް، އައިއެސް-ޚޯރާސާން އަދި އަލްޤައިދާ އަށް އެހީތެރިވާ 20 މީހެއްގެ ނަން ހިމަނާފައިވެ އެވެ.

ލިސްޓްގައި މިކަމާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ 29 ކުންފުންޏެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގައި ތިބޭ ޓެރަރިސްޓުންނާ ގުޅުން ހުރި ޖިނާއީ ގޭންގުތަކުގެ ލީޑަރުންނާއި 2019 ވަނަ އަހަރު އޯއެފްއޭސީން ކަނޑައަޅާފައިވާ އައިއެސް-ކޭގެ މުހިއްމު ރިކްރޫޓަރު މުހައްމަދު އަމީންގެ އެސޯސިއޭޓް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އައްޑޫގައި ހިންގާ ސެލް އާއި އެ މީހުންގެ މައުލޫމާތާއި، އައިއެސްއާ ގުޅުންހުރި ގޭންގުތަކާ އެ މީހުންގެ މައުލޫމާތު ވެސް ލިސްޓްގައި ހިމަނާފައިވެ އެވެ.

މިއަދު ކަނޑައަޅާފައިވާ ބައެއް މީހުންވަނީ ވަނީ ނޫސްވެރިންނާއި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ހަމަލާތައް ރާވައި އަދި ހިންގާފައެވެ.

އައްޑޫ ސެލްގެ މެންބަރުން:

* ޖިނާއުން ނަސީމް (ނަސީމް)
* މުހައްމަދު ތަސްލީމް (ތަހާސްލިމް)
* ފާރިސް މުހައްމަދު ދީދީ
* އަލީ ނިހާދު
* މުހައްމަދު ނައުޝާދު ޝަރީފް

މުހައްމަދު ނައުޝާދު ޝަރީފްގެ ކުންފުނިތައް:

* ސްކައި ނޯވާ އިންވެސްޓުމަންޓު
* ނިއު ސަން އިންވެސްޓުމަންޓު

އައިއެސްއާ ގުޅުން ހުރި ގޭންގުތަކާ ގޭންގުތަކުގެ ލީޑަރުން އަދި ކުންފުނިތައް:

* އަހުމަދު އަލިފް ރައުފް
* މުހައްމަދު އިންތިފް ރައުފް
* އިބްރާހިމް އަލީފް ރައުފް

އަހުމަދު އަލިފް ރައުފްގެ ކުންފުނިތައް:

* ސްޓްރީޓް އިންވެސްޓުމަންޓު
* ސްޓީޓް މޮޓޯ ސާވިސް
* އިންތިފްގެ ކުންފުނިތައް:
* ވައިޓް ބީޗް ވޯޓާ ސްޕޯޓްސް
* ބައުމް ޕްރައިވެޓް ލިމިޓެޑް

އައިއެސްއައިއެސް ކޭ ގެ ރެކްރޫޓަ މުހައްމަދު އަމީނާ ގުޅުން ހުރި މީހުން:

* އަބްދުﷲ އަލި މަނިކް
* މޫސާ އިނާސް
* އަބަދުﷲ ޝަރީފް
* ހުސެން ޝާމިލް
* އަހުމަދު މުބީން
* އަމީން އަހުމަދު
* ޔޫސުފް ޝަހީދު
* މުހައްމަދު މާތިއު އަބްދުލް ރައްޒާގް
* އަލީ ޝާފިއު

އަބްދުﷲ ޝަރީފްގެ ކުންފުނި:

* މަލްޓި ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ޝާމިލްގެ ކުންފުނިތައް:

* ލަރޯސާ
* އަލް ތަމާރު

އަހުމަދު މުބީންގެ ކުންފުނި:

* ތުރީޒެޑް އިންވެސްޓް މަންޓު

އަމިން އަހުމަދުގެ ކުންފުނިތައް:

* އިންމާ މޯލްޑިވްސް
* ޖަޒީރަތު އަލް މާލްދިފީ

ޔޫސުފް ޝަހީދު އާއި އަހުމަދު އަފްރާހުގެ ކުންފުނި:

* ދާވީ ޕްރައިވެޓް ލިމިޓެޑް

އަފްރާ އާއި އަމީންގެ ކުންފުނިތައް:

* ސިއަސް އިންވެސްޓު މަންޓު
* ފުރުޓް ޕްލަސް މޯލްޑިވްސް
* ކޯޑް އޭ ޕާޓްނާޝިޕް

މުހައްމަދު މާތިއު އަބްދުލް ރައްޒާގުގެ ކުންފުނި:

* ގްރީން ބާޑްސް

އަލީ ޝާފިއުގެ ކުންފުނި:

* ޕެންޑާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޓް

ރާއްޖޭގައި ދިރިއުޅޭ އަލްގައިދާ އާއި ގުޅުން ހުރި މީހުންގެ ލިސްޓު:

* އަހުމަދު އަގްލީލް
* އަލީ ޝިޔާމް

އަގްލީލްގެ ކުންފުނިތައް:

* ފުރަަހަ ކޮންސްޓްރަކްޝަން
* ޑިޒައިނާ ގަރާޖު
* ސަދަން ސްޓޭލިއަންސް

އަލީ ޝިޔާމްގެ ކުންފުނިތައް:

* ގޯލްޑެން ވޯރިއާސް ޕްރައިވެޓް ލިމިޓެޑް
* ވާލީ ބްރަދާސް ޕްރައިވެޓް ލިމިޓެޑް
* ޝައިން އެކްސް އިންވެސްޓް މަންޓު
* އެރިޔަދޫ އިންވެސްޓް މަންޓްސް
* ޖަޒީރާ ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް
* ވިޝަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

އެމެރިކާ އިން އާންމުކުރި ލިސްޓާ ގުޅިގެން ދިވެހި ސަރުކާރާއި ކަމާގުޅޭ އެއްވެސް އިދާރާއަކުން މިކަމާ ބެހޭ އަދި ވަކި އެއްޗެއް ނުބުނެ އެވެ.