Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ސެންޓްފުޅި ބޮކްސާ ތެރޭގައި، ބަންދަށް 10 ދުވަސް

ފިހާރަައަކުން ވަގަށް ނެގި ސެންޓްފުޅިއެއް ލައިގެން އިން ބޮކްސާގެ ތެރޭގައި ފޮރުވައިގެން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ

މިކަމާ ގުޅިގެން މާލެ އިން އިއްޔެ ހައްޔަރުކުރީ ފުވައްމުލަކަށް ނިސްބަތްވާ އަހުމަދު ތަސްލީމު ކިޔާ 29 އަހަރުގެ ޒުވާނެކެވެ. ފުލުހުން އޭނަ ހައްޔަރުކުރީ ފިހާރައަކުން ސެންޓްފުޅިއެއް ނަގައިެގން ފިލަން އުޅުނު މައްސަލައެއް ރިޕޯޓްކުރުމާ ގުޅިގެންނެވެ. ތަސްލީމު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިނިމަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ. އަދި އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ތަސްލީމަކީ ކުށުގެ ތަފާތު ރެކޯޑްތައް ގިނަ މީހެކެވެ

މިދިޔަ ހަފުތާގައި މާލޭގެ ފިހާރައަކުން ދެ ފުޅި ޝޭމްޕޫ ވަގަށް ނެގި ފުވައްމުލަކުގެ 32 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.