އެމެރިކާގެ ލަސް ވެގަސްގައި މިދިޔަ ހޮނިހިރު ދުވަހު އޮތް ރެޕާ، ކާޑީ ބީގެ ޝޯ ބަލަން ދިޔަ މީހަކަށް ސްޓޭޖްމަތިން އެއްލި އެއްޗަކުން ޖެހި އަނިޔާވުމާ ގުޅިގެން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
އެފަދަ މައްސަލައެއް ރިޕޯޓްކުރިކަން ކަށަވަރުކޮށްދީ ލަސް ވެގަސް މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ ރިޕޯޓްކުރީ އަންހެނަކު ކަމަށެވެ. އަދި އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، މައްސަލަ ރިޕޯޓްކުރި މީހާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ
ކާޑީ ބީގެ ޝޯގެ ތެރެއިން މީހަކަށް އަނިޔާވެގެން ފުލުހުންނަށް ރިޕޯޓްކުރި އިރު، ލަސް ވެގަސް ބޮލެވާޑްގައި އޮތް ޝޯގެ ތެރޭގައި ސްޓޭޖާ ވަރަށް ކައިރީގައި ޝޯ ބަލަން ހުރި މީހަކު އޭނަގެ އަތުގައި އިން ތަށީގައި ހުރި ދިޔާ އެއްޗެއް ޕަފޯމްކުރަމުން ދިޔަ ކާޑީ ބީއާ ދިމާއަށް އުކުމުން އޭނަ ވަރަށް ރުޅިގަދަވެފައި ރައްދުގައި އެ މީހާއާ ދިމާލަށް މައިކު އެއްލާފައިވެ އެވެ.
Cardi B threw a microphone at an audience member who threw a drink at her while she was performing. https://t.co/fkXr3WZTzj
— Pop Crave (@PopCrave) July 30, 2023
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި އެވެ. ކާޑީ ބީގެ ޝޯ ބަލަން ހޮނިހިރު ދުވަހު 3،500 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ.