Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި

ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އީސީއަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ ލީޑާޝިޕްގެ ފަރާތުންނެވެ. ދަރުބާރުގޭގައި ހިންގާ އިންތިހާބާ ބެހޭ މައި މަރުކަޒަށް ވަޑައިގެން ރައީސް ޔާމީންގެ ފޯމް ހުށަހެޅުއްވިއިރު އެކަމުގައި އިސްކޮށް ހުންނެވީ ރަނިންމޭޓްގެ ގޮތުގައި ހަމަޖެއްސެވި ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އީސީއަށް ހުށަހެޅިއިރު، އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި އޮތްއިރު މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުގައި އަންނަނީ އެމަނިކުފާނުގެ އިތުރު މައްސަލައެއްގެ އަޑުއެހުންތައްވެސް ކުރިއަށްދަމުންނެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްޤުތައް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ދެ ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ ކޯޓުން އެ ދެ މައްސަލަވެސް ބަަލައިގެންފައެއް ނުވެއެވެ. ރައީސް ޔާމިންގެ ކެންޑިޑެސީ އީސީން ބަލައިނުގެންފިނަމަ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.