Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ޝަރުއީ ދާއިރާ މިނިވަން ވާނީ ގާސިމުގެ ވެރިކަމެއްގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގެ ކޯޓްތަކަށް އަތް ނުބާނާނެ ކަމަށާއި ޝަރުއީ ދާއިރާ އަށް ފުރިހަމަ މިނިވަންކަން ލިބޭނެ ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިޒސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ކުނޫޒްގައި ރޭ ބޭއްވި ޖޭޕީގެ ޖަލްސާގައި އޭނަ ވަނީ ޝަރުއީ ދާއިރާ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކީ މަސައްކަތްކުރާ ތަން ދިވެހިން ދެކެން ބޭނުން ވަނަ ރިޔާސީ އިންތިހާބުގައި ގާސިމަށް ވޯޓް ދިނުމަށް ގޮވާލައްވައިފަ އެވެ. ވަކިން ހާއްސަކޮށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުން ގާސިމަށް ވޯޓް ދެއްވުން ވަރަށް އައުލާކަން ބޮޑު ކަމަށް ހައިލަމް ވިދާޅުވި އެވެ.

"ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި އެހެން ސަރުކާރުތަކާއި ހިލާފަށް ފަޑިޔާރުގެއަށް އަތެއް ނުބާނާނެ. ގާސިމްގެ ވިސްނުންފުޅަކީ މިނިވަން ފަނޑިޔާރުގެއެއް ގާއިމު ކުރުން. ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ކިޔެވުމުގެ ފުރުސަތުވެސް އެއާ އެކު ލިބިގެން ދާނެ،" އޭނަ ވިދާޅުވި އެވެ. "އެހެންކަމުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގާސިމަށް މި އިންތިހާބުގައި ވޯޓު ދެއްވާ."

ހައިލަމް ވިދާޅުވީ މި ސަރުކާރުގެ ދައުރު ހަމަވާ އިރު، ޝަރުއީ ދާއިރާ އިިސްލާހުކުރަން ވި އެއްވެސް ވައުދެއް ނުފުއްދޭ ކަމަށެވެ.