Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

މިލަންދޫ އާ ފެނަކަ އޮފީސް ހުޅުވައިދެއްވައިފި

ފޮޓޯ: ފެނަކަ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. މިލަންދޫ އާ ފެނަކަ އޮފީސް ހުޅުވައިދެއްވައިފިއެވެ.

ފެނަކައިން މައުލޫމާތުދޭ ގޮތުގައި މި އޮފީހުގައި އެޑްމިން އޮފީސް، މީޓިން ރޫމް، މެސްރޫމް، ސެކިއުރިޓީ ރޫމް، 2 ސްޓޯ ރޫމް، 4 ފާހާނަ، 4 ސްޕަވައިޒަރ ރޫމް، މެނާޖަރ ރޫމް، ކޮންފަރެންސް ރޫމް، 4 ފާހާނަ، 2 ބެޑްރޫމްގެ އެޕާޓްމަންޓް، ކިޗެން އަދި ޓެރެސްއެއް ހުންނާނެއެވެ.

ދެ ފްލޯއަށް ހަދާފައިވާ މި އިމާރާތުގައި 54 މުވައްޒަފުން އެކަމަޑޭޓް ކުރެވޭނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

މިލަންދޫގެ ފެނަކަ އާ އޮފީސް މިއަދު ރައީސް ސޯލިހް ހުޅުވައިދެއްވާފައިވާއިރު އެމަނިކުފާނު ވަނީ އެ ރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސް ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާފައެވެ.