Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ރާއްޖޭގެ ސިޔާސީ އެޖެންޑާ ސެޓުކުރާ ލީޑަރަކީ ރައީސް ޔާމީން

ރާއްޖޭގެ ސިޔާސީ އެޖެންޑާ ސެޓުކުރާ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް ހުށަހެޅުއްވުމުން އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ އެޖެންޑާ ސެޓުކުރާ ޕާޓީ އަކީ ޕީޕީއެމް ކަމަށާއި އަދި އެ ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެހެން ޕާޓީތައް ތިބެނީ އަމިއްލަ ބާރު ކެނޑިފައި ކަމަށާއި އެޕާޓީތަކަށް އަދި ރަނިން މޭޓަކުވެސް ކަނޑަ ނޭޅި ކެންޑިޑެސީވެސް އިލެކްޝަނަށް ހުށަހެޅިފައިނުވާ ކަމަށެވެ.

"މަރުޙަބާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ އެންމެހާ ސަޕޯޓަރުން." ޝިޔާމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު ކެންޑިޑަސީއާމެދު ނިންމާގޮތެއް މިއަދު އަންގާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުން ކަނޑައަޅާފައިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.