Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ނަރުދޫ އާ އިންޖީނުގެ އާއި އޮފީސް ހުޅުވައިފި

ފޮޓޯ: ފެނަކަ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ށ. ނަރުދޫ އާ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ. ނަރުދޫއަށް ވަޑައިގެން ރައިސް ސޯލިހް ވަނީ އެ ރަށުގައި ފެނަކައިން އަލަށް އިމާރާތް ކުރި އެރަށު އިންޖީނުގެއާއި އާ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

ނަރުދޫގައި އިމާރާތް ކޮށްފައިވާ އާ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތުގައި 3 ޖެންސެޓް، ސްްޓޯރ ރޫމް، ވޯކްޝޮޕް، މެސް ރޫމް، ފާހާނަ، ޕެނަލް ރޫމް، މީޓިންރޫމް، އެޑްމިން އޮފީސް އަދި ޕޭންޓްރީ ހުންނާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ކުރިން އިންޖީނުގެ އަވަށުގެ މެދުގައި ހުރިއިރު އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ކޮށްފައިވަނީ އަވަށުން ބޭރުގައެވެ.