Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ގަންނަ ގެދޮރަށް ފައިސާ ދައްކަން 25 އަހަރު

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ 2021 ވަނަ އަހަރު ބީއެމްއެލްގެ ހޯމް ލޯން އަދި ފައިނޭންސިން ރޭޓް ނުވަ ޕަސަންޓަށް ދަށްކުރި ކަމަށާއި އެއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށެވެ.

"މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ." ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީއާ އެކު ނުވަ ޕަސަންޓް އިންޓްރެސް ރޭޓުގަ އެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށްވެސް މި ފެސިލިޓީ ބޭނުންކުރެވިދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް މިކަނޑައެޅުނު ބަދަލުތަކަށް އަމަލުކުރަމުން ގެންދާނެ ކަމަށެވެ.