ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފިނަމަ އެ ދުވަސް ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަހަށް ކަމަށް ބުނެ މީޑިއާތަކުން ފަތުރަނީ ދޮގު ހަބަރެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ އިސް މެންބަރުންތަކެއް ތިއްބަވާ ގުރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއް ކަމަށްބުނެ ބައެއް މީޑިއާތަކުގައި މިހަބަރު ދައުރު ކުރިއިރު، ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
"މިބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް ސޯލިހާ ގުޅިގެން ނޫން ކަމަށެވެ.
"މިއީ ރައީސް އޮފީހުން ފައިސާ ޚަރަދު ކޮށްގެން ފޮނުވާ ދޮގު ޚަބަރު." ރައީސް ނަޝީދު ވިދާޅުވިއެވެ.
Miee kandaelhigen dhogeh.Mi bavathuge evves vaahakaeh alhugadu nudhakkan.RSolih ah mi inthikhaab kamiyaabeh nukureveyne adhi alhugaduge siyaasee hayaith binakuraanee RSolih aai gulhigeneh noon.Miee Raees Office in faisa kharadhu kohgen fonuva dhogu khabaruhttps://t.co/VpWS0rhnRQ
— Mohamed Nasheed (@MohamedNasheed) August 1, 2023
އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު "ދަ ޑިމޮކްރެޓްސް"އާ ގުޅިވަަޑައިގެން ރައީސް ނަޝީދު އަންނަވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭންގައި ހަރަކާތްތެރިވަމުންނެވެ.