Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

އަނގައިގެ ކެންސަރަށް ފުލުހުން ސްކްރީން ކުރަނީ

ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މީހުން އަންގައިގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ތެރެއިން އިސްކަންދަރު ބިލްޑިންގުގައި މިއަދު މުވައްޒަފުންގެ މެދުގައި ސިއްހީ މައުލޫމާތު އިތުރުކުރުމާއި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު ދިނުމާއި އަނގައިގެ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.

އަނގައިގެ ކެންސަރަށް ފުލުހުން ސްކްރީންކޮށް، ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އާއި ވައިޓަލް ކެއާ ޑެންޓަލް ކްލިނިކް ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ތެރޭގައި އަނގައިގެ ކެންސަރު ޖެހެން މެދުވެރިވާ ސަބަބުތަކާއި ބަލީގެ ކުރީކޮޅު އެކަން ދެނެގަނެވޭނެ ގޮތްތަކާ އަދި ބަލިން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ދިނުމާ އެކު ޓެސްޓުކޮށްފައިވެ އެވެ. އަދި ވައިޓަލް ކެއާގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ކްލިނިކަލް އެގްޒަމިނޭޝަން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފުލުހުން ބުނީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.