Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޗަންދޫ ޗެމްޕިއަން" ކާތިކް ފެންނާނީ މި ގޮތަށް

މިދިޔަ މަހު ލަންޑަނުގައި ޝޫޓިން ފެށި ބޮލީވުޑްގެ އެކްޓަރު ކާތިިކް އާރިއަންގެ ކުޅިވަރު ފިލްމު "ޗަންދޫ ޗެމްޕިއަން" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައި، މި ފިލްމުގައި ކާތިކް ފެންނާނެ ގޮތުގެ ފަސްޓްލުކް މިއަދު ދައްކާލައިފި އެވެ.

ސޯޝަލް މީޑިއާގައި ލުކް ޕޯސްޓްކޮށް ކާތިކް ބުނީ މީގައި އޭނަ ކުޅެނީ އިންޑިއާގެ ހަގީގީ ބަތަލެއްގެ ރޯލު ކަމަށާއި މިފަދަ އެއްޗެއްގައި ހިއްސާވުމަކީ ފަހުރެއް ކަމަށެވެ. "ޗަންދޫ ޗެމްޕިއަން" ގައި ހުނަރުވެރި އެކްޓަރު ކުޅެނީ ބޮކްސިންކުޅުންތެރިއެއްގެ ރޯލެވެ.

ނަމަވެސް މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ފިލްމުގެ ޓީމުން ދީފައެއް ނުވެ އެވެ.

"ޗަންދޫ ޗެމްޕިއަން" އަކީ ޖޫން މަހުގެ ފަހުކޮޅު ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކާތިކްގެ އަސަރު ގަދަ ލޯބީގެ ފިލްމު "ސަތިއަޕްރޭމް ކީ ކާތާ" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކުންފުންޏަށް ކަބީރު ޚާން ޑައިރެކްޓްކުރާ އެއްޗެކެވެ.

މިއީ "ބަޖުރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަރީބާ އެކީ ކާތިކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ކަބީރުގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގުގެ 2021 ގެ ކްރިކެޓް ފިލްމު "83" އެވެ.

"ޗަންދޫ ޗެމްޕިއަން" ގެ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ނިންމައިލި އިރު، މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖޫން 14 ގަ އެވެ.