Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

"އެސްއާރްކޭ ޔުނިވާސް" ގެ މޭސްތިރިޔާ މަރުވެއްޖެ

ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާންގެ ފޭނުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އެއްތަންކޮށް، ތަފާތު އެކި ކަހަލަ ޕްރޮމޯޝަނަލް ހަރަކާތްތަކަށް ހާއްސަކޮށްގެން އުފެއްދި ފޭން ކުލަބް "އެސްއާރްކޭ ޔުނިވާސް" ގެ މޭސްތިރިޔާ މުހައްމަދު އަޝްރަފް މަރުވެއްޖެ އެވެ.

އަޝްރަފަކީ ރާއްޖެ އަށް އުފަން މީހެކެވެ. އޭނަ މަޝްހޫރުވެފައި ވަނީ ރާއްޖޭގައި ހުރި ޝާހްރުކްގެ އެންމެ ބޮޑު ފޭންގެ ގޮތުގަ އެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައްޔަކަށް ފަރުވާތާ ގިނަ ދުވަސްތަކެއް ފަހުން އަޝްރަފު މަރުވީ އިއްޔެ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މީޑީއާތަކުން ބުނީ އަޝްރަފު ވަކިވެ ދިއުމާ ގުޅިގެން "އެސްއާރްކޭ ޔުނިވާސް" އަށް ބޮޑު ހިތާމައަކާއި ފަޅުކަމެއް ކުރިމަވެފައިވާ ކަމަށެވެ. އަޝްރަފަކީ އެތައް ފަހަރެއްގެ މަތިން ޝާހްރުކާ ބައްދަލުކުރުމުގެ ފުރުސަތު ލިބި، އޭނަގެ ފިލްމުތަކުގެ ޕްރޮމޯޝަންތަކުގައި ވެސް ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މީހެކެވެ.

"އެސްއާރްކޭ ޔުނިވާސް" އަށް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓްކުރަން ވެސް އަޝްރަފު މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.