ޖޭއޭ މަނަފަރު ރިސޯޓަށް ވޯލްވައިޑް ކިޑްސްގެ ފަރާތުން ދޭ ކުޑަކުދިންނަށް އުފާވެރި ރައްކާތެރި މާހައުލެއް ފޯރުކޮށްދޭ ރިސޯޓުތަކަށްދޭ އެކްރެޑިޓޭޝަން ލިބިއްޖެއެވެ.
ވޯލްޑްވައިޑް ކިޑްސްއަކީ ހޮސްޕިޓަލިޓީ ދައިރާގައި ލަގްޒަރީ ފެންވަރެއްގައި ކުޑަކުދިން ބެލެހެއްޓުމުގެ ޙިދުމަތް ނުވަތަ ޗައިލްޑް ކެއާރ ފޯރުކޯށްދޭ ބައެކެވެ. އެ ފަރާތުން ޖޭ އޭ މަނަފަރު ރިސޯޓުގައި ކުރިއަށް ގެންދިޔަ އޮޑިޓަށްފަހު އެ ރިސޯޓަށް އެކްރެޑިޓޭޝަން ދީފައިވަނީ، މަންތީ ފެންވަރުގެ ރިސޯޓުތަކުގައި ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ދޭ ކަމަށް އެމީހުން ގިންތި ކުރާ ހުރިހާ ގޮތަކުން ބެލުމަށްފަހު ފާސް ވުމުންނެވެ.
ޖޭއޭ މަނަފަރުގެ ކުޑަކުދިން ފެސިލިޓީގައި ކޫލް ޒޯނެއް ހުރެއެވެ. އަދި ވަކިން މި ސަރަހައްދުގައި އާއިލާތަކަށް ބޭނުން ކުރެވޭ ޕޫލެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ރެކްރިއޭޝަނަލް ޕެވިލިއަން އަދި ޗިލް ޒޯނުގައި އިންޑޯ ގޭމްތައް ކުޅުމަށް ފުރުސަތު އޮވެއެވެ. އަދި މި ސަރަހައްދުތަކުގައި އާއިލާއަށް ހަމަޖެހިލައިގެން ރާއްޖޭގެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ދެއެވެ.
ޖޭއޭ މަނަފަރުގެ ޗައިލްޑް ކޭ ޓީމުން އެކްރެޑިޓޭޝަން ހާސިލްކުރިއިރު، ވޯލްޑް ވައިޑް ކިޑްސްގެ ފަރާތުން ޗައިޑް ކެއާ ޚިދުމަތްދޭ މުވައްޒަފުންނަށް ދޭ ތަމްރީނުވެސް ވަނީ ފުރިހަމަ ކޮށްފައެވެ. މި ޓްރެއިނިންގް ޕްރޮގްރާމުގެ ސަބަބުން އެ ރިސޯޓުގެ ޗައިލްޑް ކެއާރ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި، ޚިދުމަތް ދެވޭނެ އުކުޅުތައް ވަނީ ދަސްކޮށްދީފައެވެ.
" ވޯލްޑްވައިޑް ކިޑްސް އެކްރެޑިޓޭޝަން ލިބުމުން އަޅުގަނޑުމެން ވަރަށް އުފާވޭ. މިއީ އަޅުގަނޑުމެން ކުޑަކުދިންނަށް ދޭ ޚިދުމަތާއި ސަމާލުކަން ދައްކުވައިދޭ ކަމެއް. މިއީ މި ރިސޯޓު އައިލާތަކަށް ދޭ ޚިދުމަތާއި ބައިނަލްއަޤްވާމީ ފެންވަރުގެ ޗައިލްޑް ކެއަރ ޚިދުމަތް ދައްކައިދޭ ކަމެއް. އަޅުގަނޑުމެންގެ މުވައްޒަފުން މިންގަނޑު ހިފެހެއްޓީމަ ސާބަސް ދެން " ރިސޯޓުގެ ޖެނެރަލް މެނޭޖަރ ލަލް އަސްކަރ ވިދާޅުވިއެވެ.
ޖޭއޭ މަނަފަރު ރިސޯޓަކީ ހދ. އަތޮޅުގައި އޮންނަ 5 ތަރީގެ މަތީ ފެންވަރުގެ ރިސޯޓެކެވެ.