Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

"ވޯލްޑް ވޯ ޒީ" ސީރީޒަކަށް ހަދަނީ

ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޓް ޕިޓްގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ވޯލްޑް ވޯ ޒީ" ވެބް ސީޒީރެއްގެ ގޮތުގައި ހަދަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ 10 އަހަރު ކުރިން ގެނެސްދިން މި އެކްޝަން ހޮރޯ ފިލްމުގެ ވާހަކަ ދަންމާލައި، ސީރީޒެއްގެ ގޮތުގައި ހަދަން ނިންމާފައި ޕިޓާއި އެޕަލް ޓީވީ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ދެ ފަރާތުން އަދި މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފި އެވެ.

ބެލުންތެރިން ބޮޑު ތަރުހީބެއް ލިބުނު "ވޯލްޑް ވޯ ޒީ" އަކީ ޒޮމްބީންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ދައްކުވައިދިން އެއްޗެކެވެ. މާކް ފޮސްޓާ ޑައިރެކްޓްކޮށް މާޗް 2، 2013 ގައި ރިލީޒްކުރި މި ފިލްމަކީ 269 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެއްޗެކެވެ. އަދި ބޮކްސް އޮފީހުގައި ފިލްމަށް އާމްދަނީގެ ގޮތުގައި 540.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"ވޯލްޑް ވޯ ޒީ" އަކީ ލިޔުންތެރިޔާ 2006 ގައި ނެރުނު ވާހަކަ "ވޯލްޑް ވޯ ޒީ: އޭން އޯރަލް ހިސްޓްރީ އޮފް ދަ ޒޮމްވޯ" އަށް ބިނާކޮށް ހެދި އެއްޗެކެވެ.