Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ރައީސްއަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާއަކީ ޖަމީލް ކެންޑިޑޭޓަކަށް ހެދުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން ދީގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ "ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ" ކަމަށެވެ.

ރައީސް ސޯލިހަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑައަޅާފައިވާއިރު، އެމަނިކުފާނުގެ ރަނިންމޭޓަކަށް ކަނޑައަޅާފައިވަނީ ޑރ. ޖަމީލެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ އިއްޔެ އީސީއަށް ހުށަހަޅާފައިވާއިރު، އީސީން ނިންމާފައިވަނީ ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށެވެ. އަދި ޕީޕީއެމްއިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައެވެ.