Last Updated: June 5, 19:06
Thursday, June 5, 2025
ވިޔަފާރި

"ގެޓްސެޓް" ލޯނާ ގުޅޭ މައުލޫމާތު ދިނުން މިއަދު

މޯލްޑިވްސް ޔޫތު އެންޓަޕްރަނަޝިޕް ޕްރޮގްރާމް (އެމްވައިއީޕި) ގެ ދަށުން ޒުވާން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ކުދި ވިޔަފާރިތަކަށް ލޯން ދިނުމަށް ހާއްސަ ކުރެވިފައިވާ "ގެޓްސެޓް" ލޯނާ ގުޅޭ މައުލޫމާތު ދިނުން މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި އިވެންޓް އޮންނާނީ މިއަދު މެންދުރު ފަހު 2:00 ޖަހާއިރު އައްޑޫ ސްޓޭޑިއަމްގަ އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގެ ރަށްތަކުގައި ލޯނާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން ތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި ބައްދަލުވުންތަކަށް ގިނަ އަދަދެއްގެ ޒުވާނުން ހާޒިރުވެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

މިހާރުގެ ސަރުކާރުގެ ޒުވާނުންގެ މެނިފެސްޓޯގައި ޚާއްސަ އިސްކަމެއް ދީފައިވާ މިޕްރޮގްރާމް ފަރުމާކޮށްފައި ވަނީ އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދެމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެންނެވެ.

މި ލޯން ސްކީމްގެ ދަށުން 300،000 އާއި 800،000 ރުފިޔާގެ ދެމެދުގެ އަދަދުތަކެއްގައި ލޯން ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.