Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު ހައި ކޯޓު

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ޤާނޫނާ ޚިލާފަށް

ހަސަން މަމްދޫހު (މަންޑޭ) ހައިކޯޓުގެ އަޑުއެހުމުގައި-

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހައްޔަރު ކުރި ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ވަގުތީގޮތުން ދޫކޮށްލީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ މިދިޔަ މަހުއެވެ. އެ މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އާއިލީ ޒިންމާއަކާ ގުޅިގެން ވަގުތީ ގޮތުން ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނުއިރު، އެ ނޫން ގޮތަކަށް އެކަން ކުރެވޭނެތޯ ކޯޓުން ބަލާފައި ނެތްކަމަށެވެ. މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކުރުމަށެވެ.

މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޖިން ޝިހޫގެ ފަރާތުން އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ހަންބޯ ކުންފުނީގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ އަތުގައި އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.