Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު

ޖޭޕީ ލީޑަރު ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ މުހިންމު ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ޖޭޕީ ކައުންސިލްގެ މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ މިއަދު މިއަދު މެންދުރުފަހު 15:00 ގައި ކުނޫޒުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާއި ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުން މިއަދު ބާއްވާއިރު ޤާސިމް ވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ވެސް ބައްދަލުކުރައްވާފައެވެ.

މިފަހުން ޤާސިމް އިސްވެ ހުންނަވާ ވަނީ އެމްއެންޕީގެ ރިޔާސި ކެންޑިޑޭޓް މުހައްމަދު ނާޒިމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައެވެ. އަދި އޭގެފަހުން ޖޭޕީގެ ފަރާތުން ވަނީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާ ވެސް ބައްދަލުކުރައްވާފައެވެ.

ޤާސިމްގެ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.