ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ދ. އަދި ތ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
އިލްޔާސްގެ ކެމްޕޭނަށް ރައީސް ނަޝީދު އަދި އިލްޔާސް ފުރާވަޑައިގެންނެވިއިރު، މިދަތުރުގައި ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން ކަމަށްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވައެވެ.
އިލްޔާސް އަދި ރައީސް ނަޝީދު ކެމްޕޭނަށް މިފަހުންވަނީ އައްޑޫސިޓީއަށް ވެސް ވަޑައިގެންފައެވެ.
Raees Nasheed aai @TheDemocratsMV ge Riyaasee Candidate @ilyas_labeeb adhi Democrats iss baeh beyfulhun @shippeshifaz @HusenAmr Campaign ah Dhaalu adhi Th Atholhah furaavadaigathun.#WeTheDemocrats#WhyTheDemocrats pic.twitter.com/pQEI5d2PE4
— Sim (@Simwarr) August 2, 2023
އިލްޔާސްގެ ކެމްޕޭނަށް ޑިމޮކްރެޓްސްއިން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގާ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދަކުރައްވާއިރު ރަނިންމޭޓެއްގެ ގޮތުގައި އަދި ބޭފުޅަކު ކަނޑައަޅުއްވާފައެއް ނުވެއެވެ.