Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރުކަން އަލީ ވަހީދަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އެޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު އައްޔަނު ކޮށްފިއެވެ.

ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރުންގެ މަގާމަށް އަލީ ވަހީދު، އިސްމާއިލް ސުޖާ އަދި އިބްރާހިމް ސުޖާ މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

ޤާސިމް މިއަދު ޖޭޕީގެ ކައުންސިލްގެ މުހިންމު ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޤާސިމްގެ ކެމްޕޭން ހަރަކާތްތައް އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާއިރު، ކޯލިޝަނެއް ހެދުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.