Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޔޫއެލްގައި ގަމަށް ހިލޭ ސާފް ބޯޑެއް ގެނެވޭނެ

ސްރީލަންކަންގެ ބޯޓެއް ގަމު އެއާޕޯޓްގައި-- ފޮޓޯ: އައްޑޫލައިވް

ސްރީލަންކަންއިން ގަމަށް ދަތުރު ކުރާ ފަތުރުވެރިންނަށް އެއް ސާފް ބޯޑު ހިލޭ ގެންދޭވޭ ގޮތަށް އެ އެއާލައިނުން ހަދައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ސްރީލަންކަން އެއާލައިންސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރ ފައުޒާން ފަރީދުއެވެ. މިއީ ރާއްޖެއިން ދެކުނަށް ސާފު ކުރާ ފަރާތްތައް ގެނައުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނަ ވިދާޅުވިއެވެ. އެގޮތުން ޔޫއެލްއިން ދަތުރު ކުރާ ކޮންމެ އެއާޕޯޓަކުން ގަމަށް އަންނަ ފަތުރުވެރިންނަށް، ސްރީލަންކަން ފްލައިޓުތަކުން އަންނަ ނަމަ، އެއް ސާފް ބޯޑު ހިލޭ ގެނެވޭނެއެވެ.


ސްރީލަންކަންގެ މި ނިންމުމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މި ނިންމުމުގެ ސަބަބުން ދެކުނުގައި ސާފު ޓުއަރިޒަމް ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

މިވަގުތު އައްޑޫސިޓީ ގަމަށް ޝެޑިއުލް ދަތުރުތަކެއް ކުރަމުންދަނީ ހަމައެކަނި ސްރީލަންކަން އެއާލައިންސްއިންނެވެ. އެ އެއާލައިނުން ކުރާ މިވަގުތު ހަފްތާއަކު ދެ ދުވަހު ގަމާއި ލަންކާއި ދެމެދު ދަތުރުތައް ބާއްވައެވެ. އަދި ކޮލަމްބޯ މަގުން ދުނިޔޭގެ ގިނަ ޤައުމުތަކާއި ސްރީލަންކަން ވަނީ ގުޅާލެވިފައެވެ.