ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ބޮލީވުޑްގެ ތަރި ރަންވީރު ސިިންގްގެ ފިލްމު "ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ" ގެ ހިޓް ލަވަ "ވަޓް ޖުމްކާ؟" އަށް އޭނައާ އެކީ ކާފަ ނަށާ ތަން ފެންނަ ވީޑިއޯއެއް މިއަދު އާންމުކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ރަންވީރު ކުޅުނު ކެރެކްޓާ ރޮކީއާ ގުޅުވައި ފިލްމުގެ ޕްރޮމޯޝަނަށް އޭނަ ބޭނުންކުރި "ޓީމް ރޮކ" ޖަހާފައިވާ ޓީޝާޓެއް ލައިން ކާފައާ އެކީ ނަށާ ވީޑިއޯ އިންސްޓަގްރާމްގައި އާންމު ކުރުމުން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ވެސް އެ ވީޑިއޯ އަށް ކޮމެންޓްކޮށްފައިވެ އެވެ.
އޭގެ ކެޕްޝަނިގައި ބަތަލާ ދީޕިކާގެ ފިރިމީހާ ލިޔެފައި އިނީ "93 އަހަރުގައި ވެސް ކާފަ ވަރަށް ރޮކިން" ކަމަށެވެ. އަދި ކެޕްޝަން ނިންމާލާފައި އޮތީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން އެންމެ ފަހުން އާންމުކުރި ލަވައިގެ ނަން "ހާޓް ތުރޮބް" ވެސް ޖަހައިފަ އެވެ.
ރަންވީރާއި އާލިއާ ބަޓް ލީޑް ރޯލު ކުޅުނު މި ރޮމޭންޓިކް ކޮމެޑީ އަކީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމެކެވެ.