Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މެމްބަރުންގެ އަދަދު 76 އަށް ހަދަން އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 އަށް އަށް ދަށްކުރަން ގާނޫނުއަސާސީ އިސްލާހުކުރަން ދަ ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.

އެ ޕާޓީގެ ސަރުކާރެއްގައި މަޖިލީހަށް ގެންނާނެ ބަދަލުތަކުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ރިޔާސީ ކެންޑިޑޭޓް އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން ހުށަހެޅި އިސްލާހަކީ އެއީ މިހާރުވެސް ހުށަހެޅޭނެ އިސްލާހުތަކެއް ކަމަށް ގަބޫލުކުރާތީ އެ އިސްލާހުތައް ހުށަހެޅީ ކަމަށެވެ.

"މިކަމަކީ ސަރުކާރެއްގައި އަޅުގަނޑުމެން ނެތަސް އަޅުގަނޑަށް މި ވަގުތު ކުރެވޭނެ ކަމެއް ކަމަށް ދެކޭތީ އަޅުގަނޑު ނިންމީ މި ވަގުތު ގާނޫނު އަސާސީއަށް ގެންނަ މި ބަދަލުގެ ބިލު މަޖިލީހަށް ހުށަހަޅަން." އޭނަ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އިސްލާހަށް ތާއީދު ހޯދުމަށް އެހެން ޕާޓީތަކާއި މެންބަރުންނާއެކު މަސައްކަތްކުރާނެ ކަމަށާއި މީގެ އެއް ބޭނުމަކީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވޮިޔަ ނުދިނުން ކަމަށް ވިދާޅުވި އެވެ.

މިހާރު އޮތް 19 މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވަ އެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން އާބާދީ އަށް އައި ބަދަލުތަކަކާ އެކީ ހާ ދާއިރާއެއް އިތުރުވެ، މެމްބަރުންގެ އަދަދު 93 އަށް މަތިވާނެ އެވެ.

"އަޅުގަނޑުމެން ހުށަހަޅާ ގޮތަކީ އަދަދު ހަތްދިހަ ހަޔެކަށް ހިފެހެއްޓުން' އިލްޔާސް ވިދާޅުވި އެވެ. "އެ އަދަދަށް އަންނަ އިރު އަތޮޅުތަކުން މާލެއާ ލައިގެން 55 މެންބަރުން މަޖިލީހަށް އިންތިހާބުކުރާ ގޮތަށް އަޅުގަނޑުމެން މި ހުށަހަޅަނީ."

އޭގެ އިތުރުން ރާއްޖޭގެ އުތުރާއި ހުޅަނގާއި މެދު އަދި ދެކުނުން ކޮންމެ ސަރަހައްދަކުން އަންހެނުންނަށް ދެ ގޮނޑި ހާއްސަ ކުރުމަށް ވެސް ނިންމާފައިވާ އިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް މުޅި ރާއްޖެއިން ދެ ގޮނޑި ކަނޑައެޅުމަށް ވެސް ހުށަހަޅާފައިިވެ އެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް އިން މަޖިލީހަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް ނެޝަނަލް ލިސްޓުގައި 11 ގޮނޑި ކަނޑައެޅުން ހިމެނެ އެވެ.