Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ޓެރަންޓީނޯގެ އޮފާއެއް ވިލިސް އަށް

ހަނދާންނެތޭ ބަލީގެ ޝިކާއަރަކަށް މިދިޔަ އަހަރުވެ، އެކްޓިންއާ ވެސް ދުރުވި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރޫސް ވިލިއަސް އަށް ކުޅަދާނަ ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯގެ ވަދާއީ ފިލްމުން ރޯލެށް ހުށަޅާފައިވާ ކަމަށް ރިޕޯޓްތަައް ބުނެފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މިޑިއާތަކުން ބުނީ ފްރޮންޓޮޓެމްޕޯރަލް ޑިމެންޝިއާ އަށް ފަރުވާ އަށް ހޯދަމުން އަންނަ 68 އަހަރުގެ އެކްޓަރަށް ހުށަހެޅީ، ޓެރަންޓީނޯގެ "ދަ މޫވީ ކްރިޓިކް" ގެ ކެމިއޯއެއް ކަމަށެވެ.

ނަމަވެސް މި ހާއްސަ ފެނިލުމަށް ވިލިސް އެއްބަސްވި ކަމަށް އަދި ސާފެއް ނުވެ އެވެ. އޭނަ ވަނީ ޓެރަންޓީނޯ 1994 ގައި ގެނެސްދިން ކާމިޔާބު އަދި އެހާމެ މަޝްހޫރުވި ފިލްމު "ޕަލްޕް ޕިކްޝަން" ގެ ކެމިއޯއެއްގައި ވެސް ހިއްސާކޮށްފަ އެވެ.

"ޑައިހާޑް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިލިސްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ގެނެސްދިން "އެސަސިން" އެވެ. އޭނަ ބޮޑު ބައްޔަކާ ހަނގުރާމަ ކުރަމުންދާކަން އާއިލާ އިން އިއުލާންކުރީ މިދޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އެވެ. އަދި އެ ބައްޔަކީ ޑިމެންޝިއާކަން ކަށަވަރުކޮށް ދިނީ މި އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގަ އެވެ.

"ރިޒަވަޔާ ޑޯގްސް" އާއި "ކިލް ބިލް" އާއި "އިންގްލޯރިއަސް ބާސްޓަޑް" އަދި "ދަ ހޭޓްފުލް އެއިޓް" މޮޅެތި ފިލްމުތައް ގެނެސްދިން ޓެރަންޓީނޯގެ އެންނެ ފަހުގެ ފިލްމަކީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓާ އެކީ 2019 ގައި ގެނެސްދިން "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އެވެ.