އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ރަނިންމޭޓް އިއުލާނު ކުރުމަށް ހޮނިހިރު ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި 8:30 ގައެވެ.
"އުޖާލާ ޒަމާން" މެނިފެސްޓޯގެ ދަށުން ނާޒިމް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ނާޒިމް އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށްވެސް ދަތުރު ކުރައްވާ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް، އަމިއްލަ ގޮތުން އުމަރު ނަސީރު އަދި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.