Last Updated: July 10, 11:04
Thursday, July 10, 2025
ޚަބަރު

އަމާރީ ރާޔާ ރިސޯޓް ހުޅުވައިފި

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އަމާރީ ރާޔާ މޯލްޑިވްސް ހުޅުވައިފި އެވެ.

މި ރިސޯޓް މި މަހުގެ 1 ގައި ހުޅުވައި މިހާރު އަންނަނީ ޓޫރިސްޓުންނަށް މަރުހަބާ ކިޔަމުންނެވެ.

އެންމެ ޒަމާނީ ފެންވަރަށް އަދި ޓޫރިސްޓުންނަށް އެތައް ހިދުމަތްތަކެއް ލިބޭ ގޮތަށް ތަރައްގީކޮށްފައުވާ އަމާރާ ރާޔާ އަކީ 187 ކޮޓަރީގެ ތަނެކެވެ. މިއީ ރާއްޖޭގައި ހުޅުވި އަމާރީ ބްރޭންޑްގެ ދެވަނަ ރިސޯޓެވެ.

ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ރިސޯޓްތަކުގެ ތެރެއަށް ރިސޯޓެއް އިތުރުވެގެން ދިޔަ އިރު، ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.