Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

މުއިއްޒު ޕީއެންސީއަށް ސޮއިކޮށްފި

ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: މާލެސިޓީ ކައުންސިލް

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލެސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

މުއިއްޒު ޕީއެންސީއަށް ސޮއި ކޮށްފައިވަނީ، އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިއަދު ނިންމާ ޓިކެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުންނެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީއެންސީން ނިންމާފައިވަނީ ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

ޕީއެންސީގެ ޓިކެޓަށް ކުރިމަތި ލެއްވުމަށް މުއިއްޒު ޕީއެންސީއަށް ގުޅިވަޑައިގެންނެވިއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް ޓިކެޓަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަމަށް އަޑުތައްވަނީ ފެތުރިފައެވެ.

ޕީޕީއެމްއާއެކު ކޯލިޝަންގައި އޮތް ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމިއިރު، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އީސީން ބަލައިނުގަތުމުން އެ މައްސަލަ އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.