Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު ރިޔާސީ އިންތިހާބް

ޔާމީންގެ ކެންޑިޑަސީ: ސުޕްރީމް ކޯޓުގެ ޝަރީއަތް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ހުކުރު ދުވަހަށް ތާވަލު ކޮށްފިއެވެ.

ކެންޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 14:30 އަށެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން އީސީއަށް ކެންޑިޑަސީ ހުށަހެޅުމުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ.

އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

މިފަދަ މައްސަލަތައް 7 ދުވަހުގެ ތެރޭގައި ކޯޓުން ނިންމަންޖެހެއެވެ.