ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފި އެވެ.
އޭނަ އާއި އަނބިކަނބަލުން ސޯފީ އަމިއްލަ އަށް އެއްބަސްވެގެން ކައިވެނީގެ ގުޅުމުގައި ސިއްކަ ޖެއްސެވި އިރު، ތިން ދަރިން ލިބިވަޑައިގެންފައިވެ އެވެ. ޓްރޫޑޯ، 51، އާއި ސޯފީ، 48، ކައިވެނި ބައްލައިގެންނެވީ 2005 ގަ އެވެ.
ކައިވެނީ ރޫޅައިލުމާ ބެހޭ ގޮތުން އެ ބޭފުޅުން ނެރުއްފައިވާ ބަޔާނެއްގައި ވިދާޅުވީ ކައިވެނި ނިމުމަކަށް އަޔަސް ދެ ބޭފުން ގާތް އެކުވެރިންގެ ގޮތުގައި ދެމުތިއްބަވާނެ ކަމަށާއި ދަރިންގެ ކަންކަމުގައި ދެ ބޭފުޅުންގެ ހިއްސާ ވެސް އޮންނާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެއީ އަބަދު ވެސް އާއިލާއެއް ކަމަށާއި އެކަކު އަނެކަކަށް ކުރިން ވެސް އޮތް ގަދަރާއި އިހުތިރާމު ވެސް އޮންނާނެ ކަމަށް ދެ ބޭފުޅުން ވިދާޅިވެފައިވެ އެވެ.
ޓްރޫޑޯ އާއި ސޯފީގެ ދަރިންނަކީ ޒޭވިއާ، 15، އާއި އެލާ-ގްރޭސް 14 ގެ އިތުރުން ހޭޑްރިއެން، 9 އެވެ.