Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ޤާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފިއެވެ.

ޤާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސާފައިވަނީ މިއަދު ޕާޓީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

މިފަހުން ޤާސިމް ވަނީ އޭނާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ވެސް އަލީ ވަހީދު އައްޔަނު ކޮށްފައެވެ.

ޖޭޕީން މިހާރު ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދަނީ ދެކުނަށް އަދި އުތުރަށް ހާއްސަ ކެމްޕޭން މެނޭޖަރުން އައްޔަނު ކޮށްގެނެވެ.

އަލީ ވަހީދަށް މިއަދު އިންތިހާބީ އެޖެންޓްކަން ދީފައިވާއިރު ޖޭޕީއަށް މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި މުހައްމަދު ޝިހާބު އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސޮއި ކުރައްވާފައެވެ.