ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ އިންތިހާބީ އެޖެންޓަކަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި ފާތިމަތު ނިއުމާ ހަމަޖައްސައިފި އެވެ.
އިލްޔާސް މިހާރު ތ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ނިއުމާ ޑިމޮޓްސް އަށް ސޮއިކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އިލްޔާސްގެ އިންތިހާބީ އޭޖެންޓަކަށް އޭނަ ހަމަޖެއްސި އިރު، މި ކެމްޕޭނުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރާ އެކީ އެންމެ އިސްކޮށް އުޅުއްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެނގިފައިވާ ގޮތުގައި އިލްޔާސްގެ ރަނިންމޭޓަކަށް ހަމަޖައްސަން ނިންމާފައި ވަނީ ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ، ރައްޔިތުންގެ މަޖިލީގުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.