ރިޔާސީ އިންތިހާބާ ދިމާކޮށް ޖުމްހޫރީ ޕާޓީ ޖޭޕީ) އަށް މެމްބަރުން އިތުރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ ބުދަ ދުވަހު އެކަނި ވެސް އެ ޕާޓީއާ 500 އަށް ވުރެ ގިނަ މީހުން ގުޅިފައިވާ ކަމަށް ބުނެފި އެވެ.
ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމްތައް ވަނީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ހަވާލުކޮށްފަ އެވެ. މި ވާހަކަ އޭނަ ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވި އެވެ.
އިއްޔެ އެކަނިވެސް ޖުމްހޫރީ ޕާޓީ އަށް 500 އަށް ވުރެ ގިނަ އާ މެންބަރުން ގުޅިވަޑައިގެންނެވިއެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅު ތަކުން އެކިފަންތީގެ އެކި ފަންނުތަކުގެ އެތަކެއް މެންބަރުން މިޕާޓީއާއި ގުޅިވަޑައިގަތުން ދޭހަކޮށް ދެނީ މި ޕާޓީއާއި އަޅުގަނޑުގެ ސިޔާަސީ ފިކުރަށް ލިބެމުންދާ… pic.twitter.com/imuBgYZZBh
— Qasim Ibrahim (@qasimibrahim) August 3, 2023
މި އަހަރު ފެށުނު ފަހުން އެ ޕާޓީ އަށް ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ބަޔަކު މިހާތަނަށް ސޮއިކޮށްފަ އެވެ. ޖޭޕީ އަކީ ތިން ވަނަ އަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ބުނާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ އެވެ.
ގާސިމް ވަނީ މި ފަހަރު ރައްޔިތުން އޭނަ ތަޖުރިބާކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ އެންމެ މަހުޖަނުންގެ ތެރޭގައި ހިމެނޭ ގާސިމް ވެރިކަމަށް ވާދަކުރައްވާ ތިން ވަނަ ފަހަރެވެ.