Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ކޮމިއުނިޓީ ފަންޑަށް އެދެން ދިން މުއްދަތު ހަމަވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދިން މުއްދަތު ގާތްވާން ކައިރިވެއްޖެ އެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން ގުޅޭ ލިޔެކިޔުންތައް ހުޅަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލަކީ [email protected] އެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ.

ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000ރ. އާ ހަމައަށް ބީއެމްއެލް އިން އެހީ ދޭނެ އެވެ.

ގައުމީ ބުނި ގޮތުގައި މި ފިޔަވަހީގައި ޖުމްލަ 10 ޕްރޮޖެކްޓެއް ހިންގުމަށް އެހީ ދެވޭނެ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން މިހާތަނަށް އެހީ ދީގެން އެތައް ޕްރޮޖެކްޓެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާފައިވެ އެވެ.