އެކީގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރްގެ ޖޯޑު އަނެއްކާ ވެސް ބޮޑު ސްކްރީނަށް ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ނަމަކީ "ކަރްމާ" އެވެ. އަދި މިއީ ތެލެގޫ ޕްރޮޑިއުސަރު ސަތިއަނާރަޔަނާ ކޮނެރޫ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޑައިރެކްޓަރަމަށް ގެންނަން އުޅެނީ އަކްޝޭ މިދިޔަ އަހަރުގެ ފިލްމު "ކަތުޕުތުލީ" އާއި 2021 ގެ ފިލްމު "ބެލްބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު އެމް ތިވާރީ އެވެ.
އަކްޝޭ އާއި ކަރީނާ އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ގުޑް ނިއުސް" އެވެ. މި ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "އެއިތުރާޒް"، "ކަމްބަކްތު އިޝްތު"، "ތަޝަން"، "ތަލާޝް" އަދި "ބޭވަފާ" ހިމެނެ އެވެ.
،މިދިޔަ ފެބްރުއަރީ މަހު ގެނެސްދިން "ސެލްފީ" އަށް ފަހު، އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރާ "އޯއެމްޖީ 2" އެވެ.
މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އިން ފެނިގެން ދިޔަ ކަރީނާގެ އެއްވެސް ފިލްމެއް މި އަހަރު ރިލީޒްކުރާކަށް އަދި އިއުލާންކޮށްފައެއް ނެތެވެ. އެކަމަކު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ އަތުގައި މަސައްކަތް ނިންމާފައި އޮތް ތިން ފިލްމެއް އެބައޮތެވެ. އެއީ "ދަ ކްރޫ" އާއި "ބަކިމްހަމް މާޑާސް" އަދި "ދަ ޑިވޯޝަން އޮފް ސަސްޕެކްޓްސް" އެވެ.