Last Updated: July 25, 06:01
Saturday, July 25, 2026
މުނިފޫހިފިލުވުން

ޖޫހީގެ އާ ފިލްމަކީ "ފްރައިޑޭ ނައިޓް ޕްލޭން"

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ ރޯލެއް ކުޅެފައިވާ "ފްރައިޑޭ ނައިޓް ޕްލޭން" އަންނަ މަހުގެ 1 ގަައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި، މީގެ ޓްރެއިލާއެއް ވެސް ދައްކާލައިފި އެވެ.

ޒުވާން ދެ ފިރިހެން ދަރިންގެ މައެއްގެ ރޯލު ޖޫހީ ކުޅެފައި ފިލްމުގައި ދައްކުވައި ދޭނީ މަންމައާ ނުލައި އެއް ދުވަހު އުޅެން ޖެހުމުން ދެބެއިންގެ މެދުގައި ހިނގާ ކަންތައްތަކެވެ. "ފްރައިޑޭ ނައިޓް ޕްލޭން" ގައި ޖޫހީގެ ދަރިންގެ ރޯލު ކުޅެފައި ވަނީ 2020 ގައި މަރުވި އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާނާއި އަމްރިތު ޖަޔަން އެވެ.

ބާބިލްގެ ފުރަތަމަ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ގަލާ" އެވެ.

އޭނަގެ ދެވަނަ ފިލްމުން ވެސް އެ ޕްލެޓްފޯމުން ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، "ފްރައިޑޭ ނައިޓް ޕްލޭން" އަކީ "ޑޮން" އާއި ""ޒިންދަގީ ނާ މިލޭގީ ދުބާރާ" އާއި "ގަލީ ބޯއި" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އެކްސަލް އެންޓަޓައިންމަންޓްގެ ފިލްމެވެ. މީގެ ޑައިރެކްޓަރަކީ ވަތުސަލް ނީލަކަންތަން އެވެ.

މި ފަހުން ފިލްމުތަކުގައި މަދުމަދުން ސަޕޯޓިން ރޯލުތަކެއް ކުޅެމުން އަންނަ ޖޫހީ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ "ޝަރުމާޖީކީ ނަމްކީން" އެވެ. އަދި މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ހަޝް ހަޝް" އިން ވެސް ޖޫހީ ފެނިފައިވެ އެވެ.