Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ވަގު ނޫޓް މައްސަލައެއްގައި ފޭދޫ މީހަކު ހައްޔަރުކޮށްފި

ވަގު ނޫޓުން ވިޔަފާރީގެ މުއާމަލާތް ހިންގި މީހަކު އައްޑޫ ފޭދޫން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ 40 އަހަރުގެ ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. އޭނާގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ ކައުންޓަފީޓް ނޫޓު ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތެވެ. ބަންދުގެ އަމުރުގައިވާ ގޮތުން އެ މީޖާ އަކީ ކުށުގެ ރެކޯޑް އޮތް އަދި އެކި މައްސަލަތަކުގައި މީގެ ކުރިން ޖަލަށް ވެސް ލާފައިވާ މީހެކެވެ.

ފުލުހުން ބުނީ ވަގު ނޫޓުން މުއާމަލާތްކުރި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.