Last Updated: May 20, 01:49
Monday, May 20, 2024
ދުނިޔެ

އައިފޯން 15 އަންނަ މަހުގެ 13 ގައި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އައިފޯން 15 ލޯންޗްކުރާނީ އަންނަ މަހުގެ 13 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

9ޓު5މެކް އިން ބުނީ އެ ތާރީހުގައި ފޯނު ލޯންޗްކުރުމަށް އެޕަލް އިން ތައްޔާރުވަމުން އަންނާތީ، ސެޕްޓެމްބަރު 13 ދިމާކޮށް މުވައްޒަފުން ޗުއްޓީ ނުނެގުމަށް ވެސް ކުންފުނިން އަންގާފައިވާ ކަމަށެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު 13 ގައި އައިފޯން 15 ލޯންޗްކުރުމަށް ފަހު، އޭގެ ދެ ދުވަސް ފަހުން ޕްރީ-އޯޑަރަށް ހުޅުވައިލާނެ އެވެ. އަދި ފޯނު ވިއްކަން ފަށާނީ ސެޕްޓެމްބަރު މަހުގެ 22 އިން ފެށިގެންނެވެ.

ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން ލޯންޗްކުރާނެ ކަމަށް ބެލެވިފައި އޮތީ އަންނަ މަހުގެ 6 ނުވަތަ 12 ގަ އެވެ. މިދިޔަ އަހަރު އައިފޯން 22 އެޕަލް އިން ލޯންޗްކުރީ ސެޕްޓެމްބަރު 7 ގަ އެވެ.

އައިފޯން 15 ގައި ހަތަރު މޮޑެލްއެއް ހިމެނޭނެ އެވެ. އެއީ އަފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 އަދި އައިފޯން 15 ޕްރޯ މެކްސް (އަލްޓްރާ) އެވެ. އަޑުއަރާފައިވާ ގޮތުން މި ފަހަރުގެ ފޯނުގެ އެންމެ ފަހުން ނެރުނު އައިފޯން 14 އަށް ވުރެ 100 އެއްހާ ޑޮލަރު އަގުބޮޑުވާނެ އެވެ.