ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" ގައި ކަރީނާ ކަޕޫރް ކުޅުނު ޕޫޖާ ޕޫ) ގެ ކުޑައިރުގެ ރޯލު ކުޅުނު ބަތަލާ މަލްވިކާ ރާޖް އެންގޭޖްވެއްޖެ އެވެ.
އޭނަ އާއި ލޯބިވެރިޔާ ޕްރަނާވް ބައްގާ ތުރުކީގައިު އެންގޭޖްވުމަށް ފަހު، ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. މިހާރު އުމުރުން 32 އަހަރުގެ މަލްވިކާގެ ބައިވެރިޔާ އަކީ ވިޔަފާވެރިއެކެވެ.
މަލްވިކާ ވަނީ 2021 ގައި ރިލީޒްކުރި ފިލްމު "ސްކޮޑް" ގައި ލީޑިން ބަތަލާއެއްގެ ރޯލު ކުޅެފަ އެވެ. އެ ފިލްމުގެ ބަތަލަކީ ކުރީގެ ވަރަށް ގިނަ ފިލްމުތަކުގައި ނުބައިބައި ރޯލު ކުޅެފައިވާ އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ދަރިފުޅު ރިންޒިިން ޑެންޒޯންގްޕާ އެވެ. މަލްވިކާގެ ކުރިއަށް އިތް ފިލްމަކީ މީގެ ދުވަސްކޮޅެއް ކުރިން ޝޫޓިން ނިންމައިލި "އަހޫތީ" އެވެ.
ޑައިރެކްޓަރު ކަރަން ޖޯހަރް 2001 ގައި ގެނެސްދިން "ކަބީ ހުޝީ ޢަމް" އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. އޭގެ ކާސްޓްގައި ޝާހްރުކް ޚާނާއި ކާޖޮލް އާއި އަމީތާބް ބައްޗަނާއި އަންހެނުން ޖަޔާ ބައްޗަންގެ އިތުރުން ރިތިކް ރޯޝަން ހިމެނެ އެވެ.
އޭގައި ކަރީނާ ކުޅުނު ގޮތްގަނޑު ބޮޑު "ޕޫ" ކެރެކްޓާ އަކީ ފިލްމުގެ އެންމެ ބޮޑު އެއް ހައިލައިޓެވެ.