Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ދިވެހި ފިލްމު އެވޯޑްސް ފަސްކޮށްފި

ކުރިން މިއަދު ބާއްވާ ގޮތަށް އިއުލާންކުރި 10 ވަނަ ފިލްމު އެވޯޑްސް ތާރީހެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އެ އެވޯޑްސް އިންތިޒާމުކުރާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު އެވޯޑްސް ފަސްކޮށް، އެ ހަފުލާ ބާއްވާ ރާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ. އަދި އެވޯޑްސް އަށް ހުށަހެޅި ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް އެވޯޑްސް ފަސްކުރި ސަބަބެއް އެންސީއޭ އިން ހާމައެއްނުކުރެ އެވެ.

ދިވެހި ފިލްމުތަކަށްދޭ ފިލްމު އެވޯޑްސް މި މަހު ބާއްވާނެކަން އިއުލާންކުރީ މިދިޔަ މަހު އެވެ. އޭރު ފިލްމުތައް ބައިވެރިކުރަން ފުރުސަތު ހުޅުވައިލީ އެ މަހުގެ 16 އާ ހަމައަށެވެ. ނަމަވެސް ފަހުން މުއްދަތު 20 އާ ހަމައަށް އިތުކުރި އެވެ.

ދިހަ ވަނަ ފިލްމު އެވޯޑްސް ހާއްސަކޮށްފައި ވަނީ 2019-2022 ގެ ފިލްމުތަކަށެވެ.

އެންމެ ފަހުން ފިލްމު އެވޯޑްސް ބޭއްވީ 2019 ގަ އެވެ. އެ އަހަރުގެ އެންމެ މޮޅު ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކުރި "ވިޝްކާ" އެވެ.