Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ފާރިސްގެ ތާއީދު ފޯމުގައި ސޮއި ކުރުން މިރެއާ ހަމައަށް

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމަވާފައިވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ތާއީދު ފޯމުގައި ސޮއި ކުރުން މިރެއާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއާރްއެމްއިން ބުނެފައިވަނީ އެޕާޓީގެ ރައީސް ފާރިސް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ކެންޑިޑަސީ ފޯމް ހުށަހެޅުމުގެ ފަހުގެ ތައްޔާރީތައް ކުރެވެންމުންދާ ކަމަށެވެ.

ފާރިސްގެ ތާއީދު ފޯމުގައި ސޮއި ކުރުމުގެ ސުންގަނޑިއަކީ މިރޭ 10:00 ކަމަށް ވެސް އެމްއާރްއެމްއިން މައުލޫމާތުދީފައިވެއެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ބޭނުންވާ 1500 ސޮއި ފާރިސް ހަމަކުރައްވާފައިވާއިރު، އެމްއާރްއެމްގެ ރިޔާސީ ޓިކެޓްވެސް ވެސް ފާރިސްއަށް އަރުވާފައެވެ.

އަމިއްލަގޮތުން ވާދަކުރުމަށް ފާރިސް ސޮއި ހަމަކުރައްވާފައިވަނީ އެމްއާރްއެމްގެ ޓިކެޓް އީސިން ގަބޫލުނުކޮށްފާނެ ކަމަށްބަލައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އީސީން އެމްއާރްއެމް އުވާލުމަށް ނިންމިއިރު، ސިވިލް ކޯޓުން ވަނީ އެކަން ހުއްޓުވާފައެވެ. އަދި އެކަމާ ގުޅޭ މައްސަލައެއްވެސް ސިވިން ކޯޓުގައި އަންނަނީ ކުރިއަށްދަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.