ދައުލަތުގެ މީޑިއާ ހިންގަމުންދާ ޓީވީއެމް އިމާރާތުގައި ރޯވި އަލިފާންގަނޑު ނިވާލީ އެތަނުގެ މުވައްޒަފުން ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު ޓީވީއެމް އިމާރާތުގެ ޔޫޕީއެސް ބެޓަރީ ރޫމުގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފްއަށް ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން އެ ސަރަހައްދަށް އެޓެންޑްވިއިރު މުވައްޒަފުން އަލިފާން ނިވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
ޕީއެސްއެމް ޗެނަލްތަކުގެ ބްރޯޑްކާސްޓިންގ މިހާރު ވަނީ އަލުން ފެށިފައެވެ.
— Public Service Media (@psm_mkt) August 5, 2023
މިހާދިސާއާއި ގުޅިގެން، ޕީއެސްއެމްގެ ޗެނަލްތަކުގެ ބްރޯޑްކާސްޓް ކެނޑިގެން ދިޔައިރު، މެނދުރެއްހާތާ އަލުން ބްރޯޑްކާސް ޚިދުމަތް ވަނީ ފަށާފައެވެ. މިކަން ޕަބްލިކް ސާވިސް މީޑިއާ ކުންފުނިން ވަނީ ކުރެއްވި ޓްވީޓެއްގައި ޔަޤީންކޮށް ދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ޕީއެސްއެމް އަދި އެމްއެންޑީއެފްއިންވެސް ހާމަކޮށްފައި ނުވެއެވެ.