ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރުފަހު 03:30 އިން ފެށިގެން އިރުއޮށްސި 06:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި އެލާޓް ނެރެފައިވާ ސަރައްހައްދުގެ ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
Swell Wave Surges expected pic.twitter.com/hgRzwaDmKq
— Maldives Meteorology (@MetMaldives) August 5, 2023
ރާއްޖޭގެ މޫސުން ހުންނަގޮތުން ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރައެވެ. އަދި ބައެއް ފަހަރު ބައެއް ރަށްރަށަށް ވަރަށް ބޮޑަށް ވެސް އުދައަރާފައިވެއެވެ.