މިވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު، ބްރިޖް ސަރަހައްދުން ދަތުރު ކުރި ބަޔަކަށް އުދަ އެރުމުގެ ސަބަބުން އަނިޔާވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވިޑިއޯއިން ފެންނަ ގޮތުގައި އަނިޔާވެފައިވަނީ، ހުޅުމާލެ ފަޅިން މާލެއަށް ދާން ވެގެން ބްރިޖަށް އަރަން ދުއްވާފައި ދިޔަ ބަޔަކަށެވެ. އެގޮތުން އެފަރާތްތައް ދުއްވާފައި ދިޔަ ސައިކަލުތަކަށް އެކި ވަރުގެ ގެއްލުންވެފައިވާއިރު، އެކި މީހުންނަށް އެކިވަރުގެ ކުދި އަނިޔާވެސް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
From Facebook pic.twitter.com/LmK7khjZSe
— Luke (@lucasjalyl) August 5, 2023
މީގެ އިތުރުން މާލެ ރާޅުގަނޑު ސަރަހައްދާއި ދިމާލުން ރާޅު އަރަމުުންދާއިރު، ހައިވޭގެ ހުޅުލޭ ކޮޅުންވެސް މަގަށް ރާޅު އަރަމުންދާ ކަމަށް ބައެއް ސޯޝަލް މީޑިއާ ފޮޓޯތަކުން ފެނެއެވެ. މީގެ އިތުރުން ހުޅުމާލެގެ ވެސް ބީޗް ދިމާލުން ބައެއް ސަރަހައްދަށް ރާޅޫ އަރާފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ހުަޅުމާލެ އިރުމަތިފަރާތައް އުދަ އެބައަރާ ! pic.twitter.com/zwEfAYLwNO
— Azzam Latheef 🇵🇸 (@athirisoru) August 5, 2023
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އާރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން ފެށިގެން 18:30 އާއި ހަމައަށެވެ. މިގަޑީގައި ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަށް ކަމާއި ބެހޭ މުޢައްސަސާތަކުން ދަނީ އެދެމުންނެވެ. އުދަ އަރާނެ ކަމަށް ލަފާކޮށްފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށެވެ.
އެކި މޫސުންތަކުގައި ރާއްޖޭގެ އެކި ރައްތަކަށް ދޭތެރެ ދޭތެރެއިން އުދަ އަރައެވެ.