Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ފަންނާނުންތަކެއް އެމްޑީޕީ އަށް ސޮއިކޮށްފި

މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

އެމްޑީޕީއާ ގުޅުނު ފަރާތްތަކުގެ ތެރޭގައި މަޝްހޫރު އެކްޓްރެސް، ޝީލާ ނަޖީބާއި ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އާއި މިއުޒިކް ޕްރޮޑިއުސަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް އަދި ފިލްމީތަރި އިބްރާހިމް ވިޝާން (ކަނޑި) ހިމެނެ އެވެ.

މި ފަރާތްތައް އެމްޑީޕީ އަށް ސޮއިކުރި ފޯމުތަކާ ހަވާލުވެލެއްވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެހެން ޕާޓީތަކުން ވަކިވެ އެމްޑީޕީއާ ގުޅެމުން އަންނަ މެމްބަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދު 58،000 އަށް އަރަ އެވެ.

އެ ޕާޓީ އަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އެވެ.