Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

"ނީނާ" ގެ ޕްރީމިއާ މިރޭ

އޮލިމްޕަސް ސިނަމާ އަށް މި އަހަރު ގެންނަ ފަސް ވަނަ ފިލްމު "ނީނާ" މިރޭ ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

މި ކްރައިން ތުރިލާ އަކީ އައި ފިލްމްސް އަށް އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މިއީ އޭނަ 2019 ގައި ގެނެސްދިން ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އަށް ފަހު، ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ނީނާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މިއީ އޭނަ ވަރަށް ރޯލަކުން ފެންނާނެ އެއްޗެކެވެ. "ނީނާ" ގެ ކާސްޓްގައި ޝަރަފް އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ.

އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ މިދިޔަ މަހު އެޅުވީ، އަލީ ސީޒަން ސްރީ ލަންކާގެ ކާސްޓަކާ އެކީ ގެނެސްދިން ބިރުވެރި ފިލްމު "ކައުޝި" އެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން ފެބްރުއަރީ މަހު ގެނެސްދިން ޑްރާމާ ފިލްމު "ބީވީމާ" އެވެ. އޭގެ ފަހުން މެއި މަހު ސީޒަންގެ އިރޮޓިކް ތުރިލާ "ލޯބިވެވިއްޖެ" އަދި އެޕްރީލް މަހު ވިޝާލް ޒަކީގެ "ވަނާޖުބޭސާ" އޮލިމްޕަހަށް ގެނެސްފައިވެ އެވެ.

"ނީނާ" މިރޭ ޕްރީމިއާކުރާ އިރު އަންނަ މަހު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ކޮމެޑީ ފިލްމު "ޖޯކަރު" އަދި އޮކްޓޯބަރުގައި އޭނަގެ ބިރުވެރި ފިލްމު "ކަޅަކި" އޮލިމްޕަހަށް ގެންނާނެ އެވެ.

"ނީނާ" އަށް ފަހު އިއްލެ އޮތީ "ފްރީ ޑެލިވަރީ" ގެ ނަމުގައި ޑާކް ކޮމެޑީއެއް ވެސް ގެނެސްދޭން އިއުލާންކޮށްފަ އެވެ.