Last Updated: July 18, 17:09
Saturday, July 18, 2026
ދުނިޔެ

އިމްރާނަށް ތިން އަހަރުގެ ޖަލު ހުކުމެއް

މިދިޔަ އަހަރު މަގާމުން ދުރުކުރި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާނަށް ޚާނަށް އިއްޔެ އިއްވި ތިން އަހަރުގެ ޖަލު ހުކުމާ ގުޅިގެން އޭނަ ހައްޔަރުކޮށްފި އެވެ.

އިމްރާނަށް ތިން އަހަރުގެ ޖަލު ހުކުމެއް އައީ ކޮރަޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އެގޮތުން އޭނަ މަގާމުގައި ހުންނެވި ދުވަސްވަރު ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ގާނޫނާ ހިލާފަށް ވިއްކަވައި މާލީ މަންފާތައް ހޯއްދަވާފައިވާތީ އެކަމާ ގުޅިގެން ދައުވާ އުފުލި އެވެ.

ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދެވި އިމްރާން ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވީ 2018 ގަ އެވެ. އަދި އޭނަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ގަ އެވެ. އޭގެ ފަހުން ސިޔާސީ ވަރަށް ފިއްތުންތަކާއި ފިޔަވަޅުތަކާ އިމްރާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސިޔާސީ އެއްވުމެއްގެ ތެރޭގައި އޭނަ އަވަހަރާކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން އިމްރާން ވިދާޅުވެފައީ ވަނީ އެއީ ސަރުކާރު އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށެވެ.

އިމްރާނަށް އިއްޔެ އިއްވި ހުކުމާ ގުޅިގެން އޭނަގެ ޕާޓީ ޕާކިސްތާން ތެހުރީކޭ އިންސާފު ޕީޓީއައި) އިން ބުނީ ހުކުމް އިސްތިއުނާފުކުރާނެ ކަމަށެވެ.