Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

"ނުރައްކާތެރި" އެއާލައިންތަކުގެ ތެރެއަށް މޯލްޑިވިއަން!

މޯލްޑިވިއަންގެ އެއާބަސް ގަމަށް ޖެއްސި ދުވަހު ކުންފުނީގެ ބައެއް އިސް ވެރިން ފައިބައިގެން ދަނީ. ފޮޓޯ/ ޝަރަފް

 

އޮސްޓްރޭލިއާގެ ވެބްސައިޓެއް ކަމުގައި ވާ އާލައިން ރޭޓިންސްގައި އާންމުކޮށްފައިވާ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާލައިންތަކުގެ ރޭންކިންގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިމެނިއްޖެ އެވެ.

އެ ވެބްސައިޓުން އެއާލައިންތައް ރޭންކް ކޮށްފައި ވަނީ ވައިގެ ދަތުރުފަތުރު ބަލަހައްޓާ ރަސްމީ އިދާރާތަކުން ކޮށްފައިވާ އޮޑިޓް ތަކަށާއި ސަރުކާރާއި އެއާލައިންތަކުގެ ރެކޯޑް ތަކަށް ބެލުމަށް ފަހު އެވެ.

އެއާލައިންތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމަށް ފަހު 7 ތަރި ނުވަތަ އެއަށްވުރެ މަދު އަދަދަކަށް ތަރި ދީގެން އެއާލައިންތައް ރޭންކް ކޮށްފައި ވާއިރު ދެތަރި ނުވަތަ ތިން ތަރި ދީފައި ވަނީ އެންމެ ނުރައްކާތެރި އެއާލައިންތަކަށެވެ.

maldivian12

149 އެއާލައިނެއް ވަނީ 7 ތަރި ހޯދާފައިވާ މި ލިސްޓުން މޯލްޑިވިއަން އަށް ލިބިފައިވަނީ 3 ތަރި އެވެ. 58 އެއާލައިނަކުން 6 ތަރި ހޯދާފައި ވާއިރު 41 އެއާލައިނަކަށް ލިބިފައި ވަނީ 3 ތަރި ނުވަތަ އެއަށްވުރެ މަދުންނެވެ.

އެންމެ ނުރައްކާތެރި އެއާލައިންތަކުގެ ލިސްޓުގައި މޯލްޑިވިއަންގެ އިތުރުން މޯލްޑިވްސް އެއާޓެކްސީ އަދި މެގަ މޯލްޑިވްސް ވެސް ވަނީ ހިމެނިފައެވެ.

މި ލސްޓުގައި ހިމެނިފައިވާ މޯލްޑިވިއަންގެ ފްލައިޓް ތައް ފުރަން އޮންނަ ގަޑީގައި ޓެކްނިކަލް މައްސަލަ ދިމާވެގެން ފުރުން ލަސްވުން ފަދަ ކަންތައް ވަރަށް ގިނައިން ދިމާވެއެވެ.

އެންމެ ނުރައްކާތެރި އެއާލައިންތަކުގެ ލިސްޓްގައި އެންމެ ނުރައްކާތެރި އެއާލައިންނަކަށް އޮތީ ނޭޕާލް އެއާލައިންސް އާއި ޓަރާ އެއާ، އަފްގާނިސްތާންގެ ކަމް އެއާ، ކަޒަކިސްތާންގެ ސްކާޓް އެއާ، އިންޑޮނޭޝިއާގެ ލަޔަން އެއާ އެވެ. މިއެއާލައިންތަކަށް ލިބިފައި ވަނީ އެއްތަރި ނުވަތަ އެއަށްވުރެ މަދު ތަރި އެވެ.