އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފިއެވެ.
އިންތިހާބުގައި ބައިވެރިވުމަށް ނާޒިމް ފޯމް ހުށަހެޅުއްވީ މިއަދުއެވެ. ދަރުބާރުގޭގައި ނާޒިމްގެ ފޯމް ހުށަހެޅުއްވުމުގެ ރަސްމިއްޔާތުގައި ނާޒިމްގެ އިތުރުން ރަނިންމޭޓް ޑރ. އަހުމަދު އަދީލް ނަސީރު އަދި އެމްއެންޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުންވެސް ފޯމް ހުށަހަޅުއްވާފައިވެއެވެ.
ރައީސް ސޯލިހް އަދި ނާޒިމްގެ އިތުރުން އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުالله ޔާމީނެވެ. އެހެންނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
"އުޖާލާ ޒަމާން" މެނިފެސްޓޯގެ ދަށުން ނާޒިމް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ނާޒިމް އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށްވެސް ދަތުރު ކުރައްވާ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.