އިދިކޮޅު ޕީޕީއެމް ޕީއެންސީ ސެނެޓް ބައްދަލުވުން ހޫނުވެ މެދުކަނޑާލައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް މިއަދު ސުޕްރީމް ކޯޓުން ތާއިދު ކޮށްފައިވާއިރު، ރައީސް ޔާމީން ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް އިދިކޮޅު ލީޑާޝިޕަށް އިރުޝާދު ދީފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކޯލިޝަންގެ ސެނެޓްގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ މަޝްވަރާގެ ތެރެއިން ސެނެޓް ބައްދަލުވުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން އެކި ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ.
އެކަމާ ގުޅިގެން ސެނެޓްގެ ބައްދަލުވުން ވަނީ މެދުކަނޑާލާފައެވެ.
އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވިއިރު، އެގޮތަށް އިންތިހާބު ބޮއިކޮޓް ކޮށްފިނަމަ އެކަންވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ވެރިކަމުގައި ހުންނެވުމަށް ދެވޭ ފުރުސަތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިނަށް ވާދަނުކުރެވޭ ހާލަަތަކަށް ތައްޔާރުވުމަށް ރައީސް ޔާމީން އެންގެވުމުން، ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމާ ހުޅުވާލުމުން ކުރިމަތިލެއްވީ މުއިއްޒު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އޭގެތެރެއިން ޓިކެޓް ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒުއެވެ. އެހެންނަމަވެސް ޕީޕީއެމުން ބުނެފައިވަނީ ޑރ. މުއިއްޒު އަކީ ތިން ވަނަ ޗޮއިސް ކަމަށާއި، ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް މީގެކުރިން ޕީޕީއެމުން އައީ ބުނަމުންނެވެ. އެހެންނަމަވެސް އިންތިހާބު ބޮއިކޮޓް ކުރުމުގެ ވާހަކައާއެކު ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.